"ހަނާ" މިމަހު 27 ގައި ބެލުންތެރިންނާ ހަމައަށް!
ހަނާގެ ޕޯސްޓަރު ----- ފޭސްބުކް

މިދިޔަ މަހުގެ ތެރޭގައި ބައިސްކޯފުން ގެނެސްދޭން ތައްޔާރުވަމުން ދިޔަ ނަމަވެސް، ނުގެނެސްދެވި އޮތް ސީރީޒް "ހަނާ" މިމަހުގެ 27ގައި ބެލުންތެރިންނަށް ގެނެސްދޭން ޕްރޮޑުސަރު ނިންމައިފިއެވެ.

އެކަން ވަނީ އޭގެ ޕޯސްޓަރާ އެކު ހިއްސާކޮށްފަ އެވެ.

"ހަނާ" ގެނެސްދޭ ތާރީޚު ލަސްކުރި ސަބަބަކީ މަސައްކަތްތައް އިތުރަށް ފުރިހަމަކުރަން ވަގުތު ނެގުން ކަމަށް މި ސީރީޒް ޕްރޮޑިއުސްކުރާ ހުސައިން މުނައްވަރު (ކުޑަފޫޅު) ގެ ކިޑް ޕްރޮޑަކްޝަނުން ބުނެއެވެ.

"ހަނާ" އަކީ އަންހެނަކަށް ދިމާވާ ހާދިސާތަކެއް ކިޔައިދޭ އަސަރު ގަދަ ލޯބީގެ އެއްޗެކެވެ. މީގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ އައިމިނަތު ނޫރާ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި އަލީ އާޒިމް (ދޮންއައްޔަ)، އަލީ ޝަމީލް، ނިޝާ، އިބްރާހީމް ޖިހާދު (ޖިމީ) އަދި ގުލިސްތާން މުހައްމަދު ހިމެނެ އެވެ. "ހަނާ" ގެ ވާހަކަ ލިޔެފައި ވަނީ ކެމެރާމަން/ޑައިރެކްޓަރު އަލީ ރަޝީދު (ގޮޅާ އައްޔަ) ގެ އަންހެނުން އައިމިނަތު ރިޒާނާ އެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް