ދިވެހި ފިލްމު "ނޮވެމްބާ" ގެ ޕޯސްޓަރު ދައްކާލައިފި
ޑާކްރެއިން -- ނޮވެމްބާ: ފިލްމުގެ ޕޯސްޓަރު

 ޑާކް ރެއިން އެންޓަޓައިންމަންޓުންގެ  ފިލްމު "ނޮވެމްބާ" ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

މި އަހަރު ގެނެސްދޭން ނިންމާފައިވާ ލޯބީގެ މި ފިލްމަކީ، ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ކޮމެޑީ ފިލްމު "މާމުއި" ގެ ސްކްރީންރައިޓަރުން ކަމަށްވާ އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

ޕޯސްޓަރުގައި ފިލްމުގެ ޓެގް ލައިނަކަށް ހިމަނާފައި ވަނީ "އަ ޖާނީ ޓު ޝޯ ދެޓް ލަވް އިޒް ބިޔޯންޑް ލޮޖިކް" އެވެ.

ފިލްމުގެ ޕޯސްޓަރު ދައްކައިލި ނަމަވެސް، ފިލްމުގެ އޮންސްކްރީން ކުރާނެ ތާރީހެއް އަދިވެސް އިއުލާނެއްނުކުރެ އެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ، ނޮވެމްބާގެ ޝޫޓިން ނިންމާލައި، މިހާރު އޮތީ ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައެވެ.

މި ފިލްމުގެ ލީޑުން ފެނިގެންދާނީ ދިވެހި ސިނަމާގެ މިހާރުގެ އެންމެ މަގުބޫލު އެއް ޖޯޑް ކަމަށްވާ ޖުމައްޔިލް ނިމާލް (ޖުމަލް) އާއި މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ދެ ތަރިންނާ އެކު މި ފިލްމުން ބޮޑު ކާސްޓެއް ވެސް ފެނިގެންދާ އިރު، ފިލްމުގެ ވަރަށް ހާއްސަ ރޯލަކުން ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހު ވެސް ފެނިގެން ދާނެ އެވެ.

"ނޮވެމްބާ" ގެ މަންޒަރުތައް މާލެ އާއި މާލެ ކައިރި ރަށްރަށުގަ އާއި ލ. އަތޮޅާއި އައްޑު އާއި ސިންގަޕޫރްގައި ވެސް ނަގާފައިވެ އެވެ. މި ފިލްމުގެ ލަވަތަކުގެ ތެރެއިން "މޫސުން" ކިޔާ ލަވައެއްގެ އޯޑިއޯ ވެސް ވަނީ ކުރިން އާންމުންނަށް ދޫކޮށްލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް