ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ދ.ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ހުޅުދެލީ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްތައް ބުރާސްފަތި ދުވަހު ފަށާފައިވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 45،585 ކިއުބިކް މީޓަރުގެ ސަރަހައްދު ފުންކުރަން ހަމަޖެހިފައިވާއިރު، ހުޅުދެލީގައި 432 މީޓަރުގެ ބަނދަރެއް ހެދުމަށް ހަމަޖެހިފައިވާކަމަށާއި، 277 މީޓަރުގެ ބޭރު ތޮށްޓެއްލުމަށް ވެސް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން، ބަނދަރު ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން، 60 މީޓަރުގެ ގްރޮއީންސް ޖެހުމަށް ހަމަޖެހިފައިވާކަމަށާއި، 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށާއި، ޕޭވްމަންޓާއި ބަނދަރުގައި ލައިޓްތައް ހަރުކުރުމަށް ނިންމާފައިވާކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

ހުސްވި އަހަރުގެ ޑީސެމްބަރު މަހުގެ 10 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވެފައިވާ މި މަޝްރޫޢަށް، ގާތްގަނޑަކަށް 39.8 މިލިއަން ރުފިޔާ ހޭދަވާނެކަމަށް އެމްޓީސީސީ ލަފާކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލް

އެންމެ މަގުބޫލު: 7 ދުވަސް
ގުޅޭ ލިޔުންތައް